ނ. މިލަދޫ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ނ. މިލަދޫ / ގުމުރީގެ، 30 އަހަރުގެ މުއްރަތު އަލީ ކަމަށެވެ.

ފުލުހުން ބުނީ މުއްރަތުގެ ހަބަރެއް އާއިލާއަށް ނުވާތީ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މުއްރަތު މަސައްކަތްޗކުރަނީ ތިލަފުށީގައި ބޭނުންޗކުރާ ކޮޅުވެއްޓިއެއްގައި ކަމަށެވެ.

މީގެ އިތުރުން އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޑިސެމްބަރު 3 ވަނަ ދުވަހު 17:00 އެހާ ކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓާ ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މުއްރަތުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.