މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ އެ ސަރަހައްދުތަކުން ކަރަންޓް މެދު ކެނޑެނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީކަމަށެވެ.

އަދި އެ މަސައްކަތް ކުރިއަށް ގެންދާ ވަގުތު މައްޗަންގޯޅީގެ ދިލްބަހާރު މަގާއި، ކުދިރަތްމާގޯޅި އަދި ދިލްބަހާރުމަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެއެވެ.

އެއީ މެންދުރު 14:00 އިން 16:00 އަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން އެ ކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ދޭތެރެއަކުން މަސަތްކައް ކުރަމުން އާދެއެވެ. އަދި އެ ވަގުތުތަކުގައި ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. ނަމަވެސް އެ ކުންފުނިން އަބަދުވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެއްވައެެވެ.