ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 28 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓް ނަކަލު ކުރުމާއި، އެހެން މީހުންގެ ފޮޓޯ ޖަހައިގެން މިދިޔަ އަހަރުގެވެސް 20 އަށްވުރެ ގިނަ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ. މި މީހުން ހިފަހައްޓައި އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިިިިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވަނީ ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައެވެ.