ކުރީގެ ދެ ރައީސުން، މައުމޫނު އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމްގެ ބޮޑުދައިތަފުޅު، އުއްމުކުލްސޫމް (ރަންފުޅު) އަވަހާރަވެއްޖެއެވެ.

ގ.ކެޓޭނިޔާ ގެއަށް އުފަން ރަންފުޅު އަވަހާރަވީ ރޭގެ ވަގުތެއްގައި ސްރީ ލަންކާގެ ކޮލަންބޯ ގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.

އެކަމަނާ އަވަހާރަވިއިރު ރަންފުޅުގެ ސީދާ އުމުރު ނޫނެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކުން އިއްތިފާގުވާ ގޮތުގައި ރަންފުޅަށް 96 އަހަރެވެ.