މިއަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުއަހްމަދު ޝިޔާމް އިފުތިތާހު ކޮއްދެއްވައިފިއެވެ.

މި ގުންޒަރުގެ ތެރެއިން މަސްވެރިންނަށް ބާއްވާ ސެޝަންތައް ކުރިއަށްދާނީ މީރުމާ އިވެންޓްސް ހޯލްގައެވެ.

މިއަދު ހެނދުނު 09:00 ކުން ހަވީރު 17:00 ގެ ނިޔަލަށް ކުރިއަށްގެންދާ މި ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ވަނީ ބައިވެރިވެފައެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ އެކިއެކި ފަރާތްތަކުން ވެސް ވަނީ މި ގުންޒަރުގައި ބައިވެރިވެފައެވެ. މި ގުންޒަރުގައި މަސްވެރިންނާއި މަސްވެރިކަމާއި ގުޅޭ ތަފާތު އެކި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10އެކެވެ. މިފަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލޭގައެވެ.