ސްޓެލްކޯއަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކުންފުންޏެއް ކަމަށް ހައްދަވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ޑޭ އާ ގުޅިގެންނެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ, ހޭލުންތެރި އަދި ތެދުވެރިކަމާއި ހާމަކަން ބޮޑުކަމާއެކު މަސައްކަތް ކުރާ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.
އޭގެ އިތުރުން ޖަވާބުދާރީވުމުގެ ސަގާފަތެއް އޮތް ކުންފުންޏަކަށް ސްޓެލްކޯ ހައްދަވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.