އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަހްމަދު ތާހިރު، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ގދ.ތިނަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އެ ކައުންސިލް އިދާރާތަކުގައި މިމަހު 9 ވަނަ ދުވަހު ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމާ އަލަށް ހަވާލުވެލައްވާ ކާނަލް މުހައްމަދު ޖަމްޝާދު ވެސް ބައިވެރިވެލެއްްވިއެވެ.

އެމްއެންޑީއެފުން ބުނީ މި ބައްދަލުވުންތަކަކީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމާ އަލަށް ހަވާލުވެލައްވާ، ކާނަލް މުހައްމަދު ޖަމްޝާދު، ކައުންސިލަރުންނަށް ތައާރަފުވެލެއްވުމުގެ ގޮތުންނާއި، ރައްޔިތުންނާ ގާތުން ހިދުމަތްދިނުމުގައި ކުރިއަށް އޮތްތަނުގައި ވެސް މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ތަކެއް ކަމަށެވެ.

މީގެއިތުރުން މިހާރު ވެސް މުއައްސަސާތަކުން އެމްއެންޑީއެފަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު އެ ކައުންސިލް އިދާރާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އެ ދަތުރުގައި، އެންއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަހްމަދު ތާހިރުއާއި، އެ މަގާމާ އަލަށް ހަވާލުވެލައްވާ ކާނަލް މުޙައްމަދު ޖަމްޝާދު ވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، ތިނަދޫ އަދި ސަބްރީޖަން ޕޮލިސް ކޮމާންޑަރާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ބައެއް ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.