ފުވައްމުލަކު ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވައި ފެނުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުވައްމުލަކު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން އެ ކުއްޖާ ސައިކަލަކާއެކު ވެއްޓިފައި އޮއްވައި ފެނުނީ އިއްޔެ ރޭ ދަންވަރު 3:40 ހާއިރެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ވައަތު ފައި ވަނީ ބިނދިފައެވެ. އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށްވެސް ގެއްލުން ލިބިފައެވެ. އިންޓާނަލް ބްލީޑިން ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އުމުރުން ސާދަ އަހަރުގެ އެ ކުއްޖާއަށް އިތުރު ފަރުވާއަށް ވަނީ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައެވެ.