100 ޑޮލަރުގެ ސައްހަ ނޫން ނޫޓު ދަޢުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެއެވެ.

1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީޚެއްގައި ޕްރިންޓްކޮށްފައިވާ މި ނޫޓުތަަކަކީ ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުތަކެއްކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ދަޢުރުވަމުންދާ ސައްހަ ނޫން ނޫޓްތަކުން ފާހަގަކުރެވޭ ކަންތައްތައް:-

. ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން.

. ކަނާއަތް ފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ ނޫޓް އައްޔަށް ދިއްކުރުމުން ސައްހަ ނޫޓުތަކާއި ތަފާތުކޮށްހުރުން.

. ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “100 USA “ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓް އައްޔަށް ދިއްކުރުމުން ދެފަރާތުން ފެންނަން ނެތުން.

. އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓްގެ ދެފަރާތުން ދިއްލިފައި ނެތުން

. ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ނެތުން.

. މޫނުމަތީ އަގު ނޫޓް އަރިކުރުމުން ކުލަ ބަދަލު ނުވުން.

އެހެންކަމުން، ހުދު ބޯޑަރު ހިމެނޭ 100 ޔޫއެސް ޑޮލަރުގެ ނޫޓުތައް ބަލައިގަތުމުގައި ސަމާލުވުމަށާއި، ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، އެ އޮތޯރިޓީއަށް ގެންގޮސް އެ ނޫޓެއްގެ ސައްހަކަން ޔަގީންކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.