ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެ މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށްވިޔަސް އެކަން އެކަން ފަށަން އަދި މާ އަވަސް ކަމަށެވެ. "މިއީ ސަރުކާރުގެ ހަނީމޫން ދުވަސްވަރު. އެ ހެންކަމުން ސަރުކާރަށް ވަގުތާއި ފުރުސަތު ދޭންޖެހޭ. އެކަށީގެންވާ ވަގުތު ދިނުމަށްފަހު ކަންކަން ގޯސްކޮށް ދާކަމަށްވާނަމަ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާނީ،" އުމަރު ވިދާޅުވިއެވެ.

މި ސަރުކާރަށް އަދި މަހެއް ނުވެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ފައިދާކުރާނޭ ކަންކަމަށް މަގު ފަހިކޮށް ތަރުތީބުކޮށް އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތަށް ސަރުކާރު ދަނީ ތައްޔާރުވަމުންނެވެ.