ލ.ދަނބިދޫ ބަސްމަލާ ބޯޓް ފަރަށް އަރައި ގެއްލުންވެއްޖެއެވެ.

އެބޯޓު ފަރަށް އަރާފައިވަނީ ރޭ ފަތިހު 06:15 ހާއިރު ލ.ބެންމާފުށި ފަރަށެވެ. ބޯޓުގައިވާ މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ދަނބިދޫގެ ދޯނި ފަހަރުތަކާއި ދަނބިދޫގެ ރައްޔިތުންގެ އެހީތެރިކަމާއިއެކު ދަނީ ކުރަމުންނެވެ.

މި ބޯޓާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ވަނީ ކުޅުދުއްފުށީ ބަހާދަރު ބޯޓުވެސް ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެ ބޯޓު ފުންކުރުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.