ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު ޢައްޔަނު ކުރައްވައިފިއެވެ.

ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝަހީބު ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ޢައްޔަނު ކުރަށްވާފައިވަނީ މިއަދުއެވެ.

ޝަހީބު މީގެ ކުރިން ވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ހަވީރު" ނޫހާއި "ހުވާސް" މަޖައްލާ އަކީ ދިވެހިންގެ ހިތްތަކުގައި ޝަހީބަށް ހާއްސަ ގަދަރެއް ދެވިގެން ދިޔަ ނޫސްވެރިކަމުގެ ވަރުގަދަ ދެ މަސައްކަތެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ މަޤާމްވެސް ޝަހީބު އަދާކުރެއްވިއެވެ.

ނޫސްވެރިކަމުގެ މަސައްކަތް މެދުނުކެނޑި ކުރައްވާތާ އެންމެ ގިނަދުވަސްވީ ނޫސްވެރިންގެ ތެރޭގައި، މުޙަންމަދު ޝަހީބު ހިމެނިވަޑަައިގަންނަވައެވެ. ދިވެހި ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަމާއި، "ހަވީރު"ގެ ރަންގަލަން، ޝަަހީބަށް ލިބިވަޑައިގެނެްފައިވެއެވެ.