ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްޖީ ލަވްރޮވް ގޮވާލައްވަައިފިއެވެ. އޭނާ ވިދާޅުވީ މޮސްކޯ އިން ދަނީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.
ލަވްރޮވް ވިދާޅުވީ މޮސްކޯގެ އެންމެ އިސްކަންދޭ ކަމުގެ ތެރޭގައި ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުންނާއި ރެފިއުޖީންނާއި، ޣައްޒާއިން ނުނުކުމެވި ތާށިވެފައިވާ މީހުން ނެރުންް ހިމެނޭ ކަމަށެވެ.
މޮސްކޯގެ ދެވަނަ އަމާޒެއްގެ ގޮތުގައި ލަވްރޮވް ފާހަގަ ކުރެއްވީ ޣައްޒާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އިންސާނީ ހައްގުތަައް ފޯރުކޮށްދިިނުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެެ އިތުރުން ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށްފަހުު ސުލްހަ ގާއިމް ކުރުމަށް ބާރުއަޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާ ގުޅިގެން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެންދާން ޖެހޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.