ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމަނިކުފާނު އެކްސް.ކޮމްގައި ކުރެއވި ޕޯސްޓެއްގައެވެ.

އެގޮތުން ފޭކް އިންސްޓަގްރާމްގެ ސްކްރީންޝޯޓެއް ހިއްސާ ކުރަމުން މައުމޫން ވިދާޅުވީ، އެއެކައުންޓަކީ އެއީ ބަޔަކު މީހުން ހަދައިގެން އުޅޭ ވަގު އެކައުންޓެއް ކަމަށެވެ.

މައުމޫންގެ ނަމުގައި ފޭކް އެކައުންޓެއް ހިންގަމުން އަންނައިރު، ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަ ކޮށްލެވޭ ގިނަ ބޭބޭފުޅުންގެ ނަމުގައި ޓުވިޓާގެ އިތުރުން މީސްމީޑިއާ އެކި މަންސާތަކުގައި އަންނަނީ ފޭކް އެކައުންޓް ހިންގަމުންނެވެ.

މިފަދަ ފޭކް އެކައުންޓްތައް ހިންގި ނަމަވެސް، އެކަން ކުރާ ފަރާތްތައް ކަމާއި ބެހޭ އިދާރާތްތަކަށް ހޯދިފައި ނުވާކަން ފާހަގަ ކޮށްލެވެފައެވެ.