2.8 މިލިޔަން ރުފިޔާގެ ޕާރކިންގެ ޖޫރިމަނާ މިއަދުން ފެށިގެން މައާފު ކޮށްދީފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި އައު ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާގައި ހާސިލްވި ކަންކަން ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. ފިރުޒުލް ވިދާޅުވީ ކުރީ ސަރުކާރުން ޕާރކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވެވަޑައިގަތް ވައުދާ ހިލާފަށް ކުރެއްވި ހުރިހާ ޖޫރިމަނާއެއް މާފުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށެވެ. މިގޮތުން ސެޕްޓެންބަރު 5 ފެށިގެން ނުވެންބަރު 16 އާ ހަމައަށް ދީފައިވާ ހުރިިހާ ޕާރކިން ޓިކެޓެއް މާފުކޮށްފި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.