ލަންޑަން، ޑިސެމްބަރ 15. /ޓާސް/: ކުރިއަށް އޮތް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަޝިޔާގެ ޖަވާހިރު އިނގިރޭސިވިލާތަށް އެތެރެ ކުރުން މަނާ ކުރިކަން އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ބުނެފިއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން ވަނީ ރަޝިޔާއިން މެޝިންގެ ބައިތަކާއި އިލެކްޓްރޯނިކްސް ހިމެނޭ ގޮތަށް "އަސްކަރީ ނުވަތަ ސިނާއީ ބޭނުންކުރުމުގެ ނުރައްކާ އޮތް" ވަކި މުދާ އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރުން ވެސް މަނާކޮށްފަ އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށިފަހުން އިނގިރޭސިވިލާތުން ވަނީ ރަޝިޔާގެ 1800 އަށްވުރެ ފަރުދުންނާއި ވިޔަފާރި ކުންފުނިތައް ބްލެކްލިސްޓް ކޮށްފައެވެ. މީގެ ތެރޭގައި 29 ބޭންކެއް ހިމެނެއެވެ. އެއީ ރަޝިޔާގެ ބޭންކިންގ ދާއިރާގެ %90 އެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ގަބޫލުކުރާ ގޮތުގައި ރަޝިޔާއާ ދެކޮޅަށް އިނގިރޭސިން އެޅި އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 2022 ވަނަ އަހަރު ރަޝިޔާއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ މިންވަރު %94 ދަށަށް ދާނެއެވެ.