އޮކްޓޫބަރު 7 ގެ ފަހުން 300 އަށްވުރެގިނަ މެޑިކުން ޣައްޒާގައި ޝަހީދު ކޮށްލައިފިކަމަށް ޣައްޒާގެ ހެލްތުމިނިސްޓްރީއިން މައުލޫމާތު ދީފިއެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި ޣައްޒާގެ 138 މެޑިކަލް ފެސިލިޓީއެއް އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވެއެވެ. މި މުއްދަތުގައި 102 އެންބިއުލަންސް ވެހިކަލް ވެސް ވަނީ ފުޑުފުޑު ކޮށްލާފައެވެ.

އިޒްރޭލުގެ ޒަޔަނަސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި އަށާރަހާސް ހަސްތޭކަ (18،600) އަށް ވުރެ ގިނަމީހުން ވަނީ ޝަހީދުވެފައެވެ. އަދި ޒަހަމްވެފައިވަ މީހުންގެ އަދަދު ވަނީ ފަންސާސްހާހައް (50،000) އަރާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.