މުސްލިމެއް ކަމައްވާ އިންޑިއާގެ ފިލްމީ ތަރި ޝާހުރުކްހާން މުރުތައްދު ވެއްޖެ ކަމަށް މީޑިއަގެ ތެރޭގައި ގިނަ ބަޔަކު ގޮވަން ފަށައިފިއެވެ.

ބޮލީވުޑްގެ ކިންގްގެ ލަގަބު ލިބިފައިވާ ޝާހް ރުކްހާން އަކީ އެންމެ ކުރީއްސުރެ ވެސް މުސްލިމެެއް ކަމަށް ވަކާލާތު ކުރަމުން އަންނަ މީހެކެވެ. ނަމަވެސް ޝާހު ވަނީ މިދިޔަ ހަފްތާގެ ދުވަހެއްގައި އިންޑިއާގައި ހުންނަ ސިރްދީ ޝައި ފައްޅި އަށް ވަދެ އަޅުކަން ކޮށްފައެވެ. ޝާހުގެ އެންމެ ފަހުން ނިކުންނަން ތާވަލުވެފައިވާ ފިލްމު ކާމިޔަބުވުމަށް އެދި ހިންދޫއިންގެ ކަލަންގެއަށް ދުއާ ދެންނެވި ކަމަށް ވެސްް ބައެއް މީޑިއަތަކުން ރިޕޯޓުކުރެއެވެ.

އެކްސްގައި އެކްޓިވް ކޮށް އުޅޭ މުސްލިމް އެކްޓިވިސްޓެއް ވެސް ވަނީ ޝާހު އަކީ ކާފަރެއް ކަމުގައި ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޝެއިހް އަލީ ރަމީޒް ވެސް ވަނީ އެކްސްގައި ޝާހު އަކީ މުސްލިމެއްް ކަމުގައި ގަބޫލުކުރަމަކީ "ޝޭމް" އެއްކަމުގައި ބުނެފައެވެ. މީގެ ސަބަބުން ޝާހު އަށް ވަނީ އެތައްހާސް ،މުސްލިމުންގެ ފާޑުކިޔުން އަމާޒުވެފައެވެ. މީގެއިތުރުން ޝާހު މުސްލިމުން ތަކެއް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެެވެ.