ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މި ކަން އިއުލާންކުރައްވާފައި ވަނީ، ރައީސް އޮފީހުން މިއަދު ނެރުއްވި 17/2023 ނަންބަރު ދެންނެވުމުގައެވެ.

ކުވައިތުގެ އަމީރު އަވަހާރަވީއިރު އުމުރު ފުޅަކީ 86 އަހަރެވެ. ކުއްލި ސިއްހީ މައްސަލައަކާ ގުޅިގެން ނޮވެމްބަރު މަހު ކުވައިތުގެ ލީޑަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ކޫނާ އިން ބުނެއެވެ.

ޝެއިޚް ނަވާފް ކުވެއިތުގެ ލީޑަރުކަމުގެ ހުވާކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝެއިޚް ސަބާހު އަލް އަހުމަދު އަލް ޖަބީރު އަލް ސަބާހު އުމުރުން 91 އަހަރުގައި އެމެރިކާގައި އަވަހާރަވުމާއި ގުޅިގެންނެވެ.