ދޮންބަންޑާރައިންގެ ޖިހާދުން އިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ ދިވެހި ރައްޔިތިންނަށް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޞާލިޙްގެ ޕޯސްޓުގައި ވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ދޮންބަންޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވެސް އޮތް ވާޖިބެއްކަން ފާހަގަކުރައްވައިިފައެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 03 ގައެވެ. މި ދުވަސް ފާހަގަކުރަނީ ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރަން ކުރެއްވި ޖިހާދުގެ ޒިކުރާ އައުުކުރުމުގެ ގޮތުންނެވެ.