އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައި ވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގައުމުގެ ދަރިން، (އިންސާނީ) ބިނާ ކުރުމުގައި މިގައުމުދެކެ ލޯބިވުމުގެ އިހްސާސް ހުރި ސިކުނޑިތަކެއް ބިނާ ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމާ ގުޅޭ ހާއްސަ މަޝްރޫއު ކަމުގައިވާ "ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު" ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒަކީ މި އިއާދަކުރުމުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެއްކަމަށާއި އަދި ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވިގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރު ކުރެވޭނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަންތައްޔަކަކީ މިސަރުކާރުގެ ހަފުތާ 14 އިގެ ތެރޭގައި ހިމަނާފައިވާ ކަންތައްތައް ކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ ރައީސް ކަމުގެ ހުވައި ކުރެއްވި ދުވަހުވެސް އެމަނިކުފާނު ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.