މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު މި ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާއިރު، މި އިންތިހާބުގައި ފަސް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ވަނީ ގުރުއަތުލާފައެވެ.

މާލެ ސިޓީ މޭޔަރު އިންތިހާބުގައި ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:

  • ކެންޑިޑޭޓް ނަމްބަރު 1: އަމިއްލަ ގޮތުން ޝުއައިބް އަލީ
  • ކެންޑިޑޭޓް ނަމްބަރު 2: އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު
  • ކެންޑިޑޭޓް ނަމްބަރު 3: ޕީއެންސީގެ ޓިކެޓުގައި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު
  • ކެންޑިޑޭޓް ނަމްބަރު 4: އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް
  • ކެންޑިޑޭޓް ނަމްބަރު 5: ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް ފާތިހް

މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.