ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ އިދާރާ އިން ހާމަކޮށްފި އެވެ.

މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުން ބަލަމުންދާ މައްސަލައެއް ބަލައި ނިމެންދެން ސާޖެންޓް އެޓް އާމްސް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނައާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ޒިޔާ ވިދާޅެއް ނުވި އެވެ.

މުހައްމަދު ހަލީމް މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގަ އެވެ.

އޭގެ ކުރިން އޭނާ އަކީ އެމްއެންޑީއެފްގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސާޖެންޓް އެޓް އާމްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.