ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެެ ނައިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ކުރީ ނައިބް ރައީސް ކަމުގައި ހުންނެވި މަސްތޫރު ހުސްނީ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު 16 ވަނަ ދުވަހެެވެ.

ސުޕްރިމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައެވެ.