ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ފާސްކޮށްފައި އޮތީ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ނިންމައި އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާްއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ އާއި 200 ވަނަ މާއްދާގެ އ އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް، އެއީ މި މަޖިލީހުން ފާސްކުރުމަށް ރައީސް ހުށަހަޅަން ޖެހޭނެ މަސައްކަތްތަކެއް، މިހާރު ސަރުކާރުން މި މިނިސްޓްރީތައް ގާއިމް ކޮށް 30 ދުވަސް ވެފައިވާ ކަމަށެވެ.

“މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރަން ފޮނުވާފައި ނުވާތީ، މިނިސްޓަރުންނަށް ރުހުން މި ދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާ ކުރުމަށް ނުވަތަ އަދާ ކުރުމުގެ ގާބިލުކަން ހުރެގެންތޯ ނުވަތަ ނެތިގެންތޯ ރިޕޯޓުން ސާފެއް ނުވޭ” ހިސާން ވިދާޅުވިއެވެ.

ހިސާން ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.