އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ފާތުމަތު ތައުފީގު އެ މަގާމުން ވަކިކޮށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

ފާތުމަތު ފުރަތަމަ އައްޔަންކުރަން ސަރުކާރުން ނިންނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރީ މާލީ އިދާރާތަކުގެ އިސްވެރިންނަށް އައްޔަންކުރާ މީހުންނަށް އެމްއެމްއޭ އިން ދޭ "ފިޓް އެންޑް ޕްރޮޕާ" ޓެސްޓުން ފެއިލްވުމުން ކަމަށްވެ އެވެ.

އެމްއެމްޕީއާރްސީން ވަނީ އެކަން ހާމަކޮށް، އެ ކުންފުނީގެ އައު އެމްޑީއަށް މަރުހަބާ ކިޔައިފައެވެ.

ފާތިމަތު ތައުފީޤަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރު ކަމުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

އަދި ޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. އަދި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.