ހުކުރު ދުވަހުގެ ރޭ ފްލެޓިރަން ޑިސްޓްރިކްޓްގެ މަގުމަތީގައި އެތައް ފަހަރަކު ވަޅިން ހަމަލާދީ 18 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށް ނިއުޔޯކް ޕޮލިސް ޑިޕާރޓްމެންޓް އިން ބުނެފިއެވެ.
ވަޅިން ހަމަލާދީފައިވަނީ ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ބުނެފި އެވެ. މި މައްސަލައިގައި ފުލުހުން ވަނީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އޭނާ ދޫކޮށްލި އެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި ވަނީ ބެންޒެލް ޑިންޕޭ ކިޔާ މީހެކެވެ.
ބިމްޕޭގެ މޭމައްޗާއި ކޮނޑާއި އަތުގައި ވަޅިން ހަމަލާދީ ޒަހަމްތަކެއް ލިބިފައިވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދަނީ ޝައްކު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.