ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު އަލްއުޘްތާޒް ހުސެއިން މުހައްމަދު ލަތީފް ވެރިކަމުން އަޒުލު ކުރާވާހަކަ ދައްކަނީ ގައުމުގައި މިހާރު އޮތް ހަމަޖެހުން ނަގާލުމަށް ކަމަށް ޝެއިހް އަލީ ޒައިދު ވިދާލުވެއްޖެއެވެ.

ޝެއިހް އަލީ ޒައިދް މިހެން ވިދާޅުވީ މިއަދު ހަވީރު އެކްސް ގައި ކުރެއްވި ޓްވީޓްއެއްގައެވެ. މި ޓްވީޓްގައި ޝެއިހް ވިދާޅުވީ އެމްޑީޕީ މެންބަރުން ރައީސް އަޒުލު ކުރާ ވާހަކަ ދައްކަނީ ގައުމުގައި މިހާރުއޮތް ހަމަޖެހުން ނަގާލުމަށް ކަމަށެވެ. އަކި ގައުމީ މަސްލަހަތަށް ވުރެ ޒާތީ ހަސަދަ އިސްކުރެވޭ ތީވެ ދައްކާ ވާހަކައެއް ކަމަށް ވެސް ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވީ މިއޮތް ކުޑަދުވަސްކޮޅު ތެރޭގައި ވެސް ޑރ މުއިއްޒު ވަނީ "އެކްސެޕްޝަނަލް ޕާރފޯމެންސް" އެއް ދައްކާފައިވާ ކަމަށެވެ. އަދި ރައީސަށް އޮތް ތާއިދު ދަނީ ބޮޑުވަމުން ކަމަށެވެ.