އީރާނުގެ ގާތްގަނޑަކަށް 70 ޕަސެންޓް ފިއުލް ސްޓޭޝަންތަކުގެ ހިދުމަތްތަކަށް ސައިބަ އެޓޭކެއްގެ ސަބަބުން ބުރޫއަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިރާނުގެ ޓީވީ ޗެނަލް ތަކުން ރިޕޯޓުކުރާ ގޮތުގައި މި އެޓޭކް ތަކުގެ ފަހަތުގައި ވަނީ އިޒްރޭލާ ގުޅުން ހުރި ގްރޫޕްއެއް ކަމައްވާ "ޕްރިޑޭޓަރީ ސްޕާރޯ" އެވެ. އަދި ޕްރިިޑޭޓަރީ ސްޕެރޯ ޖަމިއްޔާއިން ވަނީ މި އެޓޭކް ތަކުގެ ފަހަތުގައި ތިބީ އެމީހުން ކަމަށް އެއްބަސް ވެފައެވެ.

"މި ސައިބަރ އެޓޭކް ކުރިއަށް ގެންގޮސްފައިވަނީ ކުއްލި ހާލަތުގެ ހިދުމަތްތަކަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ކޮންޓްރޯލް ކުރެވިފައިވާ ގޮތަކަށް" ޕްރިޑޭޓަރީ ސްޕަރޯ އިން ނެރުނު ބަޔާނުގައިވެ އެވެ.

އީރާނުގެ ތެލައި ބެހޭ މިނިސްޓަރު އޮވްޖީ، އެ ގައުމުގެ ޓީވީ ޗެނަލްތަކަށް މައޫލޫމާތުދެމުން ވިދާޅުވެފައިވަނީ އީރާނުގެ ގާތްގަނޑަކަށް %70 ޕެޓްރޯލް ޝެޑްތަކުގެ ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ. އޭނާ ފަހުން ވިދާޅުވީ 3،800 ޝެޑްތަކުގެ ތެރެއިން މިހާރު 1،650 ޕެޓްރޯލް ޝެޑް އޮޕަރޭޝަން ކުރަމުން އަންނަ ކަމަށެވެ.