ފަތުރުވެރިން ފިޔަވައި ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީނު ވާން ޖެހޭ ގޮތަށް ހަދައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ނިންމުމަށް އަމަލުކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިހާރު އޮންނަ ގޮތުން ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހެއެވެ.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވުމަށް ވެސް އަންގާފައެވެ. އަދި މާދަމާ ރޭ 12 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

އޭގެއިތުރުން މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.