ހުޅުމާލޭގައި އާއިލީ މައްސަލައެެއްގެ ތެރެއިން މަންމައަށް ހަމަލާދިން ދަރިފުޅު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން މައްސަލައެއް މިރޭ 18:50 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ހަމަލާގައި ޒަހަމްވި އަންހެންމީހާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ޢަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ގައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެއްކަން ފާހަގަކުރަމުން ފުލުހުން ވަނީ އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތުދީފައެވެ.

ފުލުހުން ވަނީ ހޯދި ހޯދުމުން މިހާތަނަށް އެނގުނު ގޮތުގައި މިއީ އާއިލީމައްސަލައެއްގައި މަންމައަކަށް ދަރިއަކު ހަމަލަދން މައްސަލައެއް ކަމަށް ވަނީ ބުނެފައެވެ.

އެނގިފައިވާގޮތުގައި މަންމައަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން އުޅުނު ދަރިފުޅު ވަނީ މީގެ އިރުކޮޅެއް ކުރިން ހައްޔަރު

ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.