ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލި މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާ ޑަކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ ފޭސް އެކެއް ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް ރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަމަލާދީފައި ވަނީ އާއިލީ މައްސަލައެއްގައި، ދަރިއަކު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް އެ އިދާރާއިން ކުރި ތަހުގީގުން އެނގޭކަމަށެވެ.