ގެސްޓްހައުސް އެސޯސިއޭޝަން މޯލްޑިވްސް (ޖޭއޭއެމް)ގެ ދެވަނަ ދައުރުގެ ރައީސް ކަމަށް ކާނި ހޮޓެލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ނަޝީދު އިންތިހާބުކޮށްފި އެވެ.
ޖީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށް އޮތް ތިން އަހަރަށް ރައީސް ކަމަށް ކާނި ހޮޓެލްސްގެ ހޮންޗޯ އިންތިހާބުވީ 29 މީހުންގެ ތެރެއިން 27 ވޯޓުންނެވެ.
ނައިބް ރައީސުންގެ ގޮތުގައި އިންތިހާބުވީ ނޫ މޫ ގެސްޓްހައުސްގެ އަހުމަދު ވަހީދާއި ގުމްބާރު އިންގެ އަބްދުއްސަމީއު އިމާދެވެ. ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓްރީގެ މިހާރުގެ އެޑްވައިޒަރު އަހުމަދު ނަސީރެވެ. ނަސީރަކީ މާފުށީގައި ގެސްޓްހައުސް ވިޔަފާރި ތައާރަފް ކުރުއްވުމުގައި އިސްކޮށް އުޅުއްވި ބޭފުކެވެ.
"އަޅުގަނޑުމެން މިތިބީ ގެސްޓް ހައުސްތަކުގެ ތަފާތުކަން ދައްކައި، އަޅުގަނޑުމެންގެ ސިނާއަތް ކުރިއެރުވުމަށް ކެތްމަދުވެފައި،" ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން އަބްދުالله ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމާޒަކީ މި ޑިސެމްބަރު މަހު އެމްއެމްޕީއާރުސީގެ މެމްބަރަކަށްވެ، ބޮޑެތި ހުރިހާ ފެއާއެއްގައި މިޖަމިއްޔާއަށް ކައުންޓަރެއް ގާއިމް ކުރުން" އަބްދުالله ވިދާޅުވި އެވެ.