އިޒްރޭލުގެ ޒަޔަނިސްޓުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދިން ހަމަލާއެއްގައި 25 މީހުން ޝަހީދު ވެއްޖެއެވެ.

ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އިސްމައީލް އަބޫ އުމަރު ރިޕޯޓު ކޮސްފައިވަ ގޮތުން އިޒްރޭލުން ވަނީ މިއަދު ހެދުނުގެ ވަގުތެއްގައި ރަފާހް އަށް ވައިގެ މަގުން ހަމަލާ ދީފައެވެ. މި ހަމާލާގައި އެ ސަރަހައްދުގައި ހުރި އިމާރާތްތަށް ވަނީ ފުޑުފުޑު ވެފައެވެ. އަދި ނަތީ ޖާއެއްގެ ގޮތުން 25 ވަރަކަށް މީހުން ވަނީ ޝަހީދުވެފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.