ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، (އެސްޓީއޯ)ގެ ނަވާހައްޓި ވަނަ (ފަންސާސްނުވަ ވަނަ) އަހަރީދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދާ ސޭލް ފަށައިފިއެވެ.

އެސްޓީއޯއިގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރ 20 ވަނަ ދުވަހެވެ. މާދަމާއަކީ އެކުންފުންޏަށް ދިގު ރާސްތާއެއް ކަޑައްތު ކޮށް، 59 އަހަރު ފުރޭ އަހަރީ ދުވަހެވެ. ކޮންމެ އަހަރަކުވެސް އެސްޓީއޯގެ އަހަރީ ދުވަހަކީ ހާއްސަކަމެއް ދީގެން އެކުންފުނިން ފާހަގަކުރަމުން އަންނަ ބޮޑު ދުވަހެކެވެ.

އެސްޓީއޯގެ މިއަހަރުގެ އަހަރީ ދުވަހުގެ މުނާސަބާގައި މި ނިމުނު 2022 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޮޑުސޭލްއެއް ބާއްވަން މިވަނީ ނިންމާފައެވެ. އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައެވެ.

މި ސޭލްގެ އެންމެ ފާހަގަކޮށްލެވޭ ހާއްސަ ކަމަކީ ވިހި އިން ސައްތަ (%20) އާ ހަމައަށް ލިބޭނެ ބޮޑެތި ޑިސްކައުންޓުތަކެވެ. މި ޑިސްކައުންޓު ސޭލްއިން ކުރައްވާ ކޮންމެ ވިޔަފާރިއަކުންވެސް ލިބޭނެ ކަމަށް އެކުންފުނިން ވަނީ މައުުލޫމާތު ދީފައެވެ. މި ހާއްސަ ސޭލްގެ ކުރިއަށްދާނީ މިއަދު 19 ޑިސެމްބަރުން ފެށިގެން 20 ޑިސެމްބަރާ ހަމައަށެވެ.

ހަމައެހެންމެ މާދަމާ، ޑިސެމްބަރު 20 ވަނަ ދުވަހު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން ފަންސާސް ނުވަ (59) ފަރާތަކަށް އެކި ކަހަލަ ހައިރާންކުރުވަނިވި ކުއްލި (ސަރޕްރައިޒް ގިފްޓް) ހަދިޔާ ލިބޭނެތީއެވެ. މިއީ އެކުންފުނީގެ 59 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 59 ފަރާތަކަށް ދޭ ސަޕްރައިޒް ހަދިޔާތަކެކެވެ.

ނިމުނު 2022 ވަނަ އަހަރުވެސް އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ސޭލްއަށްވެސް ކަސްޓަމަރުންގެ ފަރާތުން ލިބިފައިވަނީ ނުހަނު ބޮޑު ތަރުހީބެކެވެ.

މިފަހަރުގެ އަހަރީ ދުވަހުގެ މުނާސަބާގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ ދިގު ފަންސާސްނުވަ އަހަރުގެ ތާރީހާ ބެހޭ ގޮތުން ސޯޝަލްމީޑިޔާގައި ކެމްޕޭނެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ހަމަމިއާއެކު ކުންފުނީގެ ސްޓާފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭ ގޮތަށް ރޭވިފައިވާ އެކިތަފާތު ހަރަކާތްތަކެއްވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތުދީފައެވެ.