ޗައިނާގެ ގަންސޫ ޕްރޮވިންސަށް ކުރިމަތިވި ބިންހެލުމާގުޅިގެން އެތައްބަޔަކު މަރުވެ، އެތައްބަޔަކު ޒަހަމްވެ އެތައްބަޔަކަށް އަސަރުކޮށް ކުރިމަތިވެފައިވާ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާގެ މެސެޖުގައި މި ހާދިސާގެ ހަބަރު އެއްސެވީ ފުންހިތާމައާއެކުކަން ފާހަގަކުރައްވައި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް މަރުވި މީހުންގެ ޢާއިލާތަކަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.