ޗައިނާއަށް ރޭގެ ދަންވަރު ވަގުތެއްގައި ކުރިމަތިވި ބިންހެލުމާއި ގުޅިގެން ދިވެހިރައްޖޭގެ ނައިބު ރައީސް، އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ޗައިނާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ގަންސޫއަށް ކުރިމަތިވި މި ބިންހެލުމުގައި 100 އަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 300 އަށް ވުރެ ގިނަ މީހުން ވަނި ޒަހަމްވެފައެވެ.

މިކަމާ ގުޅިގެން މިރޭ ނައިބު ރައީސް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ ދިވެހިރާއްޖެ ތިބީ ޗައިނާއާއިި އެކުގައި ކަމަށެވެ. އަދި މަރުވެފައިވާ ފުރާނަތަކާއި މެދު ވަރަށް ބޮޑަށް ހިތާމަ ކުރަ ކަމަށެވެ.

ޗައިނާގައި ހިނގި މިހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޗައިނާގެ ރައީސްއަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ.