އިޒްރޭލުގެ ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގެ ޝިކަރައަކަށް އެންމެ ދުވަހެއް ތެރޭގައި 100 އަށް ވުރެގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދީފިއެވެ.

އިޒްރޭލުން ވަނީ އިއްޔެގެ ވަގުތެއްގައި ރަފާހަށް ދިން ހަމަލާއެއްގައި 25 އަށްވުރގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އަދި މީގެ އިތުރުން އިޒްރޭލުން ދަނީ ޣައްޒާގައި ގޮތްހުސްވެފައި ތިބި މީހުން ދިރިއުޅެމުންދާ ރެފިއުޖީ ކޭންޕަށް ވެސް ވައިގެ ހަމަލާތަށް އަމަޒު ކުރަމުންނެވެ. ޣައްޒާގައި ހިދުމަތް ދެމުންދާ މަދު ހޮސްޕިޓާތަކަަށް ވެސް ހަމަލާތަށް އަމާޒު ވަމުން ދެއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.