ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެހެނިހެން ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފިއެވެ.

އެ ޕާޓީގެ މަޖްލިސް މެމްބަރު އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އެސްއޯއީތަކުގެ އިސްވެރިންނާއި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ޑިމޮކްރަޓުން ތްރީ ލައިން ރެޑް ވިޕްލައިނެއް ނެރެފައިވާ ކަމަށެވެ.

މީގެއިތުރުން އިވާ ވިދާޅުވީ އެ ހުށަހެޅުން އަލުން މުރާޖައާ ކުރުމަށް ކޮމެޓީއަށާއި އެމްޑީޕީއަށް ވެސް ގޮވާލާފައިވާ ކަމަށާއި ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތާއި އައުޓްލުކްގެ ސަބަބުން ސިޔާސީ ބޭފުޅުންނަށް މުސާރަ ބޮޑުވުމަކީ ސައްހަ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާއި ނާއިބު ރައީސް ހިމެނޭހެން، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމިޓީން ބައްދަލުވުމުގައެވެ.