ޣައްޒާގައި މީހުން ދިރިއުޅެމުން ދިޔަ އިމާރާތަކަށް އިޒްރޭލުގެ ޒަޔަނިސްޓުން ހަމަލާ ދީ ފުޑުފުޑު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ގައްޒާގައި ހަރަކާތްތެރި ވަމުން ދިޔަ ރެޑް ކްރެސެންޓްގެ ސްޓާފުން މައުލޫމާތުދޭ ގޮތުގައި މި ހަމަލާގައި 8 މީހަކު ވަނީ ޝަހީދު ވެފައެވެ. އަދި 34 މީހުންވަނީ ޒަހަމްވެފައެވެ. މީގެ އިތުރައްވެސް ފުޑުފުޑުވެފައިވާ އިމާރާތުގެ ގާތަކުގެ އަޑީގައި އެހީއަށް ބޭނުންވެފައިވާ ބަޔަކު ތިބިތޯ ރެޑްކްރެސެންޓް އިން ދަނީ ބަލަމުންނެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.