ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބުރާހިމް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.

ނަމަވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދެބޭފުޅުން ބައްދަލުކުރައްވާފައި މިވަނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ވާދަކުރުމަށް ގާސިމްގެ ޖޭޕީން އެހެން ޕާޓީތަކާއި މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ޕަޓީން ވަނީ މީގެކުރިން ޕީއެންސީގެ އިސްޓީމަކާއި ބައްދަލުކޮށް، ދެޕާޓީން ގުޅިގެން މަޖިލިހަށް ވާދަކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި އެމްޑީޕީއާވެސް މަޝްވަރާ ބައްދަލުވުންތައް ޖޭޕީން ވަނީ ބާއްވާފަައެވެ.