ސިޔާސީ ލީޑަރުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން، ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާވެސް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނާޒިމް މުއިއްޒުއާއި ބައްދަލުކުރައްވާފައި މިވަނީ، ކުރިޔަށް އޮތް ތައްޔިތުންގެ މަޖިލިހުގައި ވާދަކުރުމަށް ނާޒިމްގެ އެމްއެންޕީން ޕިއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީން ހުޅުވާލާފައި ވަނިކޮށެވެ. އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވީ ކިތަށް މެމްބަރުންކަމެއް ސާފުވެފައެއް ނުވެއެވެ.

ވެރިކަންކުރާ ކޯލިޝަންގައި އެމްއެންޕީ ހިމެނޭއިރު އެޕާޓީން ރައީސް މުއިއްޒުގެ ކެބިނެޓަގައި ތަމްސީލުކުރެއެވެ. އެމްއެންޕީގެ ފަރާތުން މުއިއްޒުގެ ކެބިނެޓުގައި އިންނަވަނީ އެޓާރނީޖެނެރަލް އުޝާމްއެވެ.