ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމަނިކުފާނަކީ ހިނގަމުން މިދާ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރެވެ. އަދި 18 ވަނަ މަޖިލީހުގައިވެސް އެ ދާއިރާގެ މެމްބަރުކަން ގާސިމް ވަނީ ކުރައްވައިފައެވެ.

މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުއިއްޒުއާއި ބައްދަލު ކުރެއްވުމަށްފަހު، ގާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ބައްދަލުވުުގައި އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ކުރިމަތި ލައްވަނީ މިދިޔަ ދިހަ އަހަރު ވެސް ދެ ދައުރު ވެސް ފުރުއްވި މާމިގިލީ ގޮޑިއަށް ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިގެން ޖޭޕީއަށް ވަނީ ނާކާމިޔާބު ވެފައެވެ.