ޑްރަގް ޓްރެފިކިންގ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަސޭހައިން ކޯޓުތަކުން ދޫކޮށްލަންޖެހޭ ސަބަބު ހޯދަން އޮޑިޓެއް ހަދަން ނިންމައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ޑްރަގް ޓްރެފިކިންގ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަސޭހައިން ކޯޓުތަކުން ދޫކޮށްލާ މަންޒަރު ފެންނަ ކަމަށާއި އެކަން ދިމާވާ ސަބަބު ހޯދައި ޚާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ކުށްވެރިން ދޫވެގެން ނުދާނެ ގޮތަކަށް ކަންކަން ހަރުދަނާކުރުން ކަމަށެވެ.