ވިލިމާލޭ ބާބަކިއު ސަރަހައްދުގައި މޫދުގައި ގެނބެމުން ދިޔަ އަންހެނަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

އަންހެނަކު ގެންބެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 00:31 ހާއިރު ކަމަށް ފުލުހުން ބުނެފައޮވެސ

އެމީހާ އަކީ 32 އަހަރުގެ މީހެއް ކަމަށާއި ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާނެ ކަމަށް އަދި އެމީހާ މިހާރު އާއިލާ އާއި ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން އެމީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާއަށް ލޮނު ބޮވި ހާލު ސީރިއަސް ވުމުގެ ސަބަބުން، ފުލުހުންގެ މީހާއަށް ވެސް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދެވިފައިވެއެވެ.