ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުޘްތާޒް ހުސްއިން މުހައްމަދު ލަތީފް މޮންޓެނީގްރޯއަށް ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަންނަވައިފިއެވެ.

މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯ، މިމަހު 24-26 ބޭއްވުމަށް ވަނި ހަމަޖެހިފައިއެވެ. އަލްއުޘްތާޒް ހުސްއިން މުހައްމަދު ލަތީފް މޮންޓެގްރީނޯ އަށް ފުރައި ވަޑައިގަތީ މި ކޮންގްރެސްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައެވެ.

މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދަޢުވަތަކަށެވެ.

ދިވެހިރާއްޖެއާއި މޮންޓެނީގްރޯއާއި ސިޔާސީ ގޮތުން އެންމެ ފުރަތަމަ ގުޅުން ބަދަހި ކުރީ 24 ނުވެންބަރު 2009 ގައެވެ.