މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން މައްޗަންގޮޅީގެ ޖަވާހިރު މަގު، މުއިވެޔޮ މަގު، ކޯރުކެނޑި މަގު އަދި އަސަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ޖިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމެއް ކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

މިއަދު ހުޅުމާލޭ ނެއިބަރހޫޑް 2 ގެ ހިރުނދު މަގާއި އަހިގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 12:00 އަށް ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިިފައެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.