މި ސަރުކާރުން ނޫސްވެރިންނަށް ކަށަވަރު ކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާރސަން، މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ އެކްސްގައި ކުރެއްވި ޓްވީޓްއެއްގައެވެ.

މި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް ނުވަތަ މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިންގެ މިނިވަންކަން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.

އަދި އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ރަޖިސްޓްރީ ކޮށްފައިވަ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ޝަހީބު ވަނި ވިދާޅުވެފައެވެ.