ޣައްޒާޣައި ދިރިއުޅެމުންދާ ކުޑަކުދިންގެ ތެރެއިން 80 އިންސައްތަ ކުޑަކުދިން ތިބީ ބަނޑަށް ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެވެ.

ޔުނިސެފް އިން ލަފާކުރާގޮތުގައި ކުރިއައް އޮތް ހަފްތާތަކުގައި، ފަސް އަހަރުން ދަށުގެ 10،000 އަށްވުރެގިނަ ކުޑަކުދިން ފުރާނައަށް ނުރައްކާތެރިވާވަރުގެ ހައިހޫނުކަން އިހްސާސް ކުރަން ޖެހޭނެއެވެ.

"މި ނުރައްކަާ ކުރިމަތިވެފައިވަނީ ޣައްޒާގެ ކާބޯތަކެއްޗާއި ސިއްހީ ނިޒާމުތައް މުޅިން ފުނޑުފުނޑުވުމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. %80 އަށްވުރެ ގިނަ ކުޑަކުދިންނަށް ކާބޯތަކެތީގެ ފަގީރުކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. ތިންބައިކުޅަ ދެބައި ހޮސްޕިޓަލްތައް، ތެލާއި ފެނާއި މުހިންމު ސިއްހީ ސާމާނު ނެތުމުގެ ސަބަބުން ނުވަތަ ހަމަލާތަކުގައި ހަލާކުވުގެ ސަބަބުން ވަނީ ހިދުމަތްދިނުން ހުއްޓާލަފައެވެ" ޔުނިސެފްއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ޔުނިސެފުން އޮކްޓޯބަރު މަހުގެ ފަހުކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި ކޮންމެ ދުވަހަކު 400 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެއެވެ. ވޯރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި ޣައްޒާގައި ކޮންމެ ދިހަ މިނެޓަކުން ކުޑަކުއްޖަކު މަރުވެއެވެ