މަޝްހޫރު ދީނީ އިލްމުވެރިޔެއް ކަމަށްވާ ޝެއިިހް އަލީ ޒައިދް ޤަވާޢިދާ ޚިލާފަށް ހިންގާ ނޫސް މަޖައްލާ ތަކަކީ، އެއްވެސް ބުރަދަނެއް ދެވޭނޭ އެއްޗެއް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަން ހާމަކުރައްވައިފިއެވެ.

ޝެއިހް ޒައިދް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި ހިންގާ ނޫސްތަކަށް ނޫސް/މަޖައްލާ ކިޔުމަކީ ބޭ އިންސާފެއް ކަމަށެވެ. އަދި ރަޖިސްޓްރީ ކޮށްގެން ގަވާއިދަށް ކަމޭހިތާ ނޫސްވެރިކަމަށް މަރުހަބާ ކިޔަންޖެހޭ ކަމަށް ޝެއިހް ވަނީ ވިދާޅުވެފައެވެ.

ހަބަރު ގެނެސްދޭ ދެ ނޫހެއް މި ސަރުކާރުން ވަނީ ބްލޮކް ކޮށްފައެވެ. އެއީ ކުރުސީ ޑޮޓް ކޮމް އާއި ދިޔަވަރު ޑޮޓް ކޮމް އެވެ. ސަރުކާރުން ވަނީ ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.